މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން މިނިސްޓްރީގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކުން ސިވިލްސާރވިސް މުވައްޒަފުން މަތީ ތަޢުލީމު ޙާސިލްކުރުމަށްޓަކައި އެބޭންކުގެ ފަރާތުން ދެމުންގެންދާ ލޯނުތަކާއި އަދި މުވައްޒަފުންނާ ގުޅުންހުރި ތަފާތު އެކި ސްކީމްތަކާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ބާއްވައިފިއެވެ. 20 މުވައްޒަފުން ބައިވެރިވި މި ސެޝަން އޮތީ ހޯމް މިނިސްޓްރީގެ ކޮންފަރެންސް ހޯލުގައެވެ.

މި ސެޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަރާތުން ވަނީ އެޑިއުކޭޝަން ފައިނޭންސް، ކޮންސިއުމާ ގުޑްސް ފައިނޭންސް، މޮޓޯ ސައިކަލް ފައިނޭންސް އަދި ކާރު ފައިނޭންސް އާއި ބެހޭގޮތުން ތަފާތު މައުލޫމާތުތައް ދެއްވާފައެވެ.