މި ސަރުކާރަށް 4 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ ނޮވެމްބަރ 16 ވަނަ ދުވަހުގެ ރޭ ބޭއްވުމަށްވަނީ ހަމަޖެހިފައި

މިސަރުކާރަށް 4 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ޖަލްސާ ނޮވެމްބަރު 16 ވަނަ ދުވަހުގެ ރޭ 8:45 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާ އޮންނާނީ ހެންވޭރު ކާނިވާ ސަރަޙައްދުގައެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދެއްކުމަށްވަނީ ހަމަޖެހިފައެވެ. މިޖަލްސާއަށް ގިނަޢަދަދެއްގެ ބޭފުޅުންނަށް ދަޢުވަތު އެރުވުމަށް ވަނީ ހަމަޖެހިފައެވެ.