މިނިސްޓްރީ އޮފް ހޯމް އެފެއާޒްއާއި އެމް.އެން.ޑީ.އެފް ގުޅިގެން "ބޭސިކް ފަޔަރ އެވެއަރނެސް ޕްރޮގްރާމްއެއް" ބާއްވައިފި

މަސައްކަތުގެ މާޙައުލުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރި ވުމާއި ގުޅޭގޮތުން މިނިސްޓްރީގެ މުވައްޒަފުން ހޭލުންތެރިކުރުމުގެ ގޮތުން "ބޭސިކް ފަޔަރ އެވެއަރނެސް ޕްރޮގްރާމްއެއް" މިނިސްޓްރީ އޮފް ހޯމް އެފެއާޒްއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި ގުޅިގެން ބާއްވައިފިއެވެ. 04 ނޮވެމްބަރ 2017 ވީ ހޮނިހިރު ދުވަހު ބޭއްވި އެއްދުވަހުގެ މި ޓްރެއިނިންގ ޕްރޮގްރާމް އޮތީ ވިލިމާލޭގައި ހުންނަ އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ޓްރެއިނިންގ ސްކޫލުގައެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގައި އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބު ތަކާއި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ. އަދި އަލިފާންނިވި ބޭނުންކުރާނެގޮތުގެ ޑްރިލްތައްވަނީ ދައްކާލާފައެވެ.

މިނިސްޓްރީގެ ފަރާތުން މި ޓްރެއިނިންގ ގައި 27 މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ޓްރެއިނިންގ ނިންމުމުގެ ގޮތުން ބައިވެރިންނަށް އެމް.އެން.ޑީ.އެފްއިން ވަނީ ހަނދާނީ ލިޔުން ދެއްވާފައެވެ.