މިއަހަރުގެ މިހާތަނަށް މިނިސްޓްރީގައި 107 ޖަމުޢިއްޔާ ރަޖިސްޓްރީ ކޮށްފި

ޖަމުޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން މިއަހަރުގެ މިހާތަނަށް 107 ޖަމުޢިއްޔާ މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި ވަނީ ރަޖިސްޓްރީ ކުރެވިފައެވެ. މި ގެ ތެރޭގައި އިޖްތިމާޢީ ތަރައްޤީއާއި މީހުން ބިނާ ކުރުމާއި މުނިފޫހިފިލުވުމާއި އަދި ކުޅިވަރާއި ދީނީ ހަރަކާތްތައް ހިންގުމަށްޓަކައި ޖަމުޢީއްޔާތައް ރަޖިސްޓްރީ ކުރެވިފައިވެއެވެ.

މިހާތަނަށް މިމިނިސްޓްރީގައި 2104 ޖަމުޢިއްޔާ ވަނީ ރަޖިސްޓްރީ ކުރެވިފައެވެ.