ޖުމްހޫރީ ފަންސާސް ފާހަގަކުރުމާ ގުޅޭ ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަން ފަށައިފި

މިއަންނަ 2018 ވަނަ އަހަރަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔަތަށް ފަންސާސް އަހަރުފުރޭ، ރަންޔޫބީލް ފާހަގަކުރާ އަހަރުކަމަށްވާތީ ކުލަގަދަކޮށް މިރަސްމިއްޔާތު ފާހަގަކުރުމުގެ ގޮތުން ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަން ފަށައިފިއެވެ. މިގޮތުން މިއަދު ބޭއްވުނީ މިކަމާގުޅޭ ފުރަތަމަ ބައްދަލުވުމެވެ. މިބައްދަލުވުން ބޭއްވުނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްގައެވެ.

މި ބައްދަލުވުންތަކުގައި ސަރުކާރުގެ ގިނަ މިނިސްޓްރީތަކާއި، ބައެއް ކުންފުނިތަކުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެއިތުރުން މިބައްދަލުވުމުގައި މިދުވަސް ފާހަގަކުރުމަށް ހިންގާނެ އެކިއެކި ހަރަކާތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރެވުނެވެ.