ދެއަތޮޅެއްގައި ހިންގާ މަޝްރޫޢުތައް މޮނިޓަރ ކުރުމުގެ ދަތުރެއް ފަށައިފި

ށ. އަތޮޅާއި ރ. އަތޮޅުގައި މިނިސްޓްރީގެ ފަރާތުން ހިންގަމުންގެންދާ މަޝްރޫޢުތައް މޮނިޓަރ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން ޓީމެއް،ދަތުރުރުކުރަމުން އެބަގެންދަވައެވެ. މިމަހުގެ 4 ން 5 ށް ކުރަމުން ގެންދާ މިދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ށ. ފުނަދޫ، ށ. ކޮމަންޑޫ އަދި ރ. އުނގޫފާރަށެވެ. މީގެ އިތުރުން ޖަމާއަތުގެ ފައިދާއަށް ރައްޔިތުން އިސްނަގައިގެން ހިންގަމުންދާ ކުދި މަޝްރޫޢުތަކުގެ ތެރެއިން ށ. ކޮމަންޑޫ ހިންގާ ރަށްވެހިގޭގެ މަސައްކަތް ގޮސްފައިވާ ހިސާބުވެސް މިދަތުރުގައި ބެލުމަށްވަނީ ހަމަޖެހިފައެވެ.