"ޒިންމާދާރު ރައްޔިތުން ބިނާކުރުން" މިނަމުގައި މަސައްކަތު ބައްދަލުވުމެއް އއ. އަތޮޅުގައި ފަށައިފި

މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި އއ. އަތޮޅު ކައުންސިލް ގުޅިގެން "ޒިންމާދާރު ރައްޔިތުން ބިނާކުރުން" މިނަމުގައި މަސައްކަތު ބައްދަލުވުމެއް އއ. ރަސްދޫގައި މިއަދު ފަށައިފިއެވެ. މި މަސައްކަތު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވެވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޝިފާޤް މުފީދެވެ.

ދެދުވަހުގެ މުއްދަތަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މަސައްކަތު ބައްދަލުވުމުގައި ސެޝަންތައް ނަންގަވާ ދެއްވާނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ފެމިލީ އެންޑް ޖެންޑަރ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، ޕޮލިސް ސަރވިސް، ނޭޝަނަލް ޑްރަގް އޭޖެންސީ، ޖުވެނައިލް ޖަސްޓިސް ޔުނިޓް އަދި މި މިނިސްޓްރީގެ ލީގަލް ސެކްޝަނުގެ ފަރާތުންނެވެ.

މި މަސައްކަތު ބައްދަލުވުން އަމާޒު ކުރެވިފައި ވަނީ އއ.އަތޮޅު ގެ ކައުންސިލްއިދާރާތަކުގެ އިސްބޭފުޅުންނާއި އެއަތޮޅުގައި މަސައްކަތްކުރައްވާ ޕޮލިހުންގެ ބޭފުޅުންނަށާއި ޖެންޑާ އެންޑް ފެމިލީގެ ބޭފުޅުންނާއި، ސުކޫލްތަކާއި އަދި ކަމާގުޅޭ އެހެނިހެން މުއައްސަސާތަކުގެ ބޭފުޅުންނަށެވެ. މި މުއައްސަސާތަކުން މުޅި ޖުމުލަ 41 ބައިވެރީން މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެއެވެ.

ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ ގޮތުން މިދިޔަ އޯގަސްޓް މަހުގައިވެސް ވަނީ މިފަދަ ބައްދަލުވުމެއް ލ. އަތޮޅުގައި ބާއްވާފައެވެ.