ޖަމްޢިއްޔާތަކުގެ ތަރައްޤީއަށް ދޭ ފައިސާގެ އެހީއަށް އެދި ޕްރޮޕޯޒަލް ހުޅަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ޖަމްޢިއްޔާތަކަށް އެހީގެ ގޮތުގައި ފައިސާ ދިނުމާ ގުޅޭ ގޮތުން މިނިސްޓްރީން ކޮށްފައިވާ ނަމްބަރު

(IUL)10-K/10/2017/23
(24 ޖުލައި 2017) އިއުލާނުގައިވާ އެހީއަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޕްރޮޕޯޒަލް ހުޅަހެޅުމުގެ އިތުރު ފުރުޞަތަކަށް އެދި ގިނަ ފަރާތްތަކުން އެދެމުން ދާތީ، މިކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު ވަނީ 01 އޮކްޓޯބަރު 2017 ވާ އާދީއްތަ ދުވަހުގެ 12:00ގެ ނިޔަލަށް އިތުރުކޮށް، ގެޒެޓުގައި އިއުލާންކޮށްފައެވެ.

ޖަމްޢިއްޔާތަކަށް އެހީގެ ގޮތުގައި ފައިސާ ދިނުން