އަތޮޅުތަކުގައި ހިންގާ މަޝްރޫޢުތައް މޮނިޓަރކުރުމުގެ ދަތުރެއްކޮށްފި

މިނިސްޓްރީގެ ޓީމެއް އަތޮޅުތަކުގައި ހިންގާ މަޝްރޫޢުތައް މޮނިޓަރ ކުރުމުގެ ގޮތުން ދަތުރެއްކޮށްފިއެވެ. މިމަހުގެ 20 ން 22 އަށް ކުރިއަށްގެންދިޔަ މިދަތުރުގައި ގޮސްފައިފައިވަނީ ހއ. ކެލާ އަދި ހދ. ކުޅުދުއްފުއްޓަށެވެ.

މިގޮތުން މިދަތުރުގައި ހއ. ކެލާ ޤަބުރުސްތާން ވަށާފާރު ރޭނުމުގެ މަސައްކަތް ކުރިއަށްދާގޮތާއި ހދ. ކުޅުދުއްފުށީ ލޯކަލް މާރުކޭޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ވަނީ ބަލާފައެވެ.