ޖަމްއިއްޔާތަކުގެ ޤާނޫނާ ބެހޭގޮތުން ބައްދަލުވުމެއް ބާއްވަނީ

ޖަމްޢިއްޔާތަކުގެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކުރަމުން ގެންދާތީ، ޖަމްއިއްޔާތަކާއެކު 26 އޯގަސްޓް 2017 ވާ ހޮނިހިރު ދުވަހު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުން އޮންނާނީ ކަސްޓަމްސް ބިލްޑިންގްގައެވެ. މިއީ މިކަމާގުޅޭގޮތުން ބާއްވާ ދެވަނަ ބައްދަލުވުމެވެ. ފުރަތަމަ ބައްދަލުވުން ބޭއްވުނީ މިއަހަރުގެ އޭޕްރީލް މަހުގައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ޖަމްޢިއްޔާތަކާ ބެހޭ ގާނޫނު އިޞްލާޙުކޮށް ވީހާވެސް ފުޅާދާއިރާއެއްގައި ޖަމްއިއްޔާތަކަށް ހަރަކާތްތެރިވެވޭނެ މަގު ފަހިކޮށްދިނުމެވެ. ޖަމްޢިއްޔާތަކުގެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތްކުރަމުންގެންދަނީ ޔޫއެންޑީޕީގެ އެހީތެރިކަމާއެކުގައެވެ.

މިބައްދަލުވުމުގައި ޖަމްއިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކުން ބޭފުޅުން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.