ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް ހޯމް މިނިސްޓަރގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފި

ޔުނިސެފްގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އެލިސް އަކުންގާ މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދުގެ އަރިހަށް މިއަދު ވަދާއީ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްގައެވެ.

މި ބައްދަލުވުމުގައި އެކަމަނާ ވަނީ މިނިސްޓްރީގެ ފަރާތުން ލިބިވަޑައިގެން އެއްބާރުލުން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި މިނިސްޓަރ އަޒްލީން ވަނީ އެކަމަނާ ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކޮށް ޝުކުރުއަދާކުރައްވާފައެވެ.