"ޒިންމާދާރު ރައްޔިތުން ބިނާކުރުން" މިނަމުގައި މަސައްކަތު ބައްދަލުވުމެއް ލ. އަތޮޅުގައި ފަށައިފި

ިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ލ. އަތޮޅު ކައުންސިލް ގުޅިގެން "ޒިންމާދާރު ރައްޔިތުން ބިނާކުރުން" މިނަމުގައި މަސައްކަތު ބައްދަލުވުމެއް ލ. އަތޮޅު ފޮނަދޫގައި މިއަދު ފަށައިފިއެވެ. މި މަސައްކަތު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވެވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޔޫސުފް ޢަބްދުލް ޣަފޫރުއެވެ.

ދެދުވަހުގެ މުއްދަތަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މަސައްކަތު ބައްދަލުވުމުގައި ސެޝަންތައް ނަންގަވާ ދެއްވާނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ހެލްތް، މިނިސްޓްރީ އޮފް ފެމިލީ އެންޑް ޖެންޑަރ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، ނޭޝަނަލް ޑްރަގް އޭޖެންސީ، ޖުވެނައިލް ޖަސްޓިސް ޔުނިޓް އަދި މިމިނިސްޓްރީގެ އެންޖީއޯ ރަޖިސްޓްރޭޝަނާއި ލީގަލް ސެކްޝަނުގެ ފަރާތުންނެވެ.

މި މަސައްކަތު ބައްދަލުވުން އަމާޒު ކުރެވިފައި ވަނީ ލ.އަތޮޅު ގެ ކައުންސިލްއިދާރާތަކުގެ އިސްބޭފުޅުންނާއި އެއަތޮޅުގައި މަސައްކަތްކުރައްވާ ޕޮލިހުންގެ ބޭފުޅުންނަށާއި ޖެންޑާ އެންޑް ފެމިލީގެ ބޭފުޅުންނާއި، ސުކޫލްތަކާއި އަދި ކަމާގުޅޭ އެހެނިހެން މުއައްސަސާތަކުގެ ބޭފުޅުންނަށެވެ. މި މުއައްސަސާތަކުން މުޅި ޖުމުލަ 47 ބައިވެރީން މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެއެވެ.

މިދަތުރުގައި ލ.އަތޮޅުގެ ޖަމްޢިއްޔާތަކުގެ ހާލަތުބަލައި ޖަމްޢިއްޔާތަކުގެ ބޭފުޅުންނާއި ބައްދަލުކުރުމަށް މާވަށް އަދި ހިތަދޫއަށް، މިނިސްޓްރީގެ ބޭފުޅުން ދަތުރުތަކެއް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.