ހޯމް މިނިސްޓަރ، ށ. ފޭދޫ ކައުންސިލްގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ރައީސް އަޒްލީން އަޙްމަދު ށ. ފޭދޫ ކައުންސިލްގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވީ އެރަށުގައި ފުލުހުންގެ ޚިދްމަތް ޤާއިމުކުރުމާއި، އަމާން މާހައުލެއް ގާއިމްކުރުމާއި ގުޅޭގޮތުންނެވެ. މިބައްދަލުކުރެއްވުމުގައި އެދާއިރާގެ މަޖްލީސް މެންބަރު މުޙައްމަދު ޙުސައިނާއި ކައުންސިލްގެ ރައީސް މުޙައްމަދު މުޞްޠަފާ އިސްމާޢީލްގެ އިތުރުން ކައުންސިލް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.