މީރާގެ ފަރާތުން ޓެކްސްއާއި ބެހޭ މަޢުލޫމާތު ސެޝަނެއް ހޯމްމިނިސްޓްރީގެ މުވައްޒަފުންނަށް ބާއްވައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ފަރާތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ މުވައްޒަފުންނަށް ޓެކްސްއާއި ބެހޭ މަޢުލޫމާތު ސެޝަންތަކެއް މިއަދު ބާއްވައިފިއެވެ. ދެސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިސެޝަނުގައި މިނިސްޓްރީގެ ގިނަޢަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.

މީރާގެ ފަރާތުން ހިންގާ މިޕްރޮގްރާމަކީ ދިވެހިރާއްޖޭގައި ނަގަމުންދާ ޓެކްސްތަކާއި އަދި މީރާއިން ކުރަމުންދާ މަސައްކަތްތައް، ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން އަހުލުވެރިކުރުވުމަށްޓަކައި އެއިދާރާގެ ފަރާތުން ހިންގަމުންގެންދާ ސެޝަންތަކެވެ.