މާރާމާރީއާއި ގުޅިގެން އަޅަންޖެހޭ ފިޔަޅުތައް ސަރުކާރުން ގެންދަނީ އެއްވެސް ލަސްކުރުމެއް ނެތި އަޅަމުންކަމަށް ހޯމްމިނިސްޓަރ ވިދާޅުވެއްޖެ

މާރާމާރީއާއި ގުޅިގެން އަޅަންޖެހޭ ފިޔަޅުތައް ސަރުކާރުން ގެންދަނީ އެއްވެސް ލަސްކުރުމެއް ނެތި އަޅަމުންކަމަށާއި މިކަމުގައި އެއްވެސް ވަރެއްގެ ދުލެއް ނުދެއްވާނެ ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދު ވިދާޅުވެއްްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިދުވަސްވަރު މާލޭގައި ހިނގަމުންދާ މާރާމާރީތަކާ ގުޅިގެން އީއްޔެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިނިސްޓަރ ވިދާޅުވީ މާރާމާރީތަކާ ގުޅިގެން ފުލުހުން ތަހްޤީގްކުރަމުންދާ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްކަމަށާ، މިމައްސަލަތަކާގުޅިގެން ހާމަކުރެވެން ހުރި ހުރިހާ މަޢުލޫމާތުތައް ފުލުހުން ހާމަކުރަމުންގެންދާނެ ކަމަށެވެ. މާރާމާރީތަކާ ގުޅިގެން ފުލުހުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ހުއްޓާލުމަށާއި، އެއްވެސް ބާވަތެއްގެ ކުށަކަށް އަރައިގަންނަ މީހަކު ނުހުއްޓުވާ ފުލުހުން ނުތިބޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީޑިޔާގެ ފަރާތްތަކުންވެސް މައުލޫމާތު ފެތުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ މީހުންނާއި ގާނޫނު ތަންފީޒު ކުރާ ފަރާތްތަކާ މެދު ރައްޔިތުންގެ ހިތުގައި އިތުބާރު ނުގެއްލޭފަދަ ގޮތަށް މައުލޫމާތު ފެތުރުމަށް މިނިސްޓަރ މިކޮންފަރެންސްގައި އިލްތިމާސްކުރެއްވިއެވެ.