މިނިވަންދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯ އިން ބާއްވާ ޕެރޭޑާއި ރޫޓްމާޗް މިއަދު މާލޭގައި އޮންނާނެ

މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި ބާއްވާ ޕެރޭޑާއި ރޫޓްމާޗު 2017 ޖުލައި 27 ވާ ބުރާސްފަތި ދުވަހު ހަވީރު 4:30 ގައި މާލޭގައި އޮންނާނެއެވެ. މި ޕެރޭޑާއި ރޫޓްމާޗުގައި ބައިވެރިވާނީ މަޖީދިއްޔާ ސްކޫލް، އަމީނިއްޔާ ސްކޫލް، ދަރުމަވަންތަ ސްކޫލް، އިސްކަންދަރު ސްކޫލް، ޢިމާދުއްދީން ސްކޫލް، ކަލާފާނު ސްކޫލް، ތާޖުއްދީން ސްކޫލް، ހިރިހާ ސްކޫލް، ޖަމާލުއްދީން ސްކޫލް، މުހްޔިއްދީން ސްކޫލް، ޣާޒީ ސްކޫލް، ރެހެންދި ސްކޫލް، އަދި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. ޕެރޭޑް ކުރިއަށްދާނީ ރަސްފަންނު ސަރަޙައްދުން ފެށިގެން އުތުރަށްގޮސް މަޖީދީމަގުން އިރަށްގޮސް ހެންވޭރު ދަނޑަށް ނިންމާގޮތަށެވެ. ޕެރޭޑް ކުރިއަށްދާއިރު މަޖީދީމަގު ކުރީގެ ނަލަހިޔާ ސަރަޙައްދު، މަޖީދީމަގާއި ޗާނދަނީމަގާ ގުޅޭ ޖަންގްޝަން، އަލިކިލެގެފާނުމަގު ޖަންގްޝަން އަދި ސޯސަންމަގު ޖަންގްޝަން އަށް ޕެރޭޑް ހުއްޓައިގެން ބޭންޑްގައި މިޔުޒިކް ކުޅެމުންދާނެއެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަރާތުން ބާއްވާ ޕެރޭޑާއި ރޫޓްމާޗް 28 ޖުލައި 2017 ވާ ހުކުރު ދުވަހުގެ ހަވީރު 4:30 ގައި ހުޅުމާލޭގައި ބޭއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.