މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު 67 ޖަމްޢިއްޔާ ރަޖިސްޓްރީކޮށްފި

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި 67 ޖަމްޢިއްޔާ ރަޖިސްޓްރީކޮށްފިއެވެ. މިޖަމްޢިއްޔާތަކުގެ މަޤްސަދަކީ އިޖްތިމާއީ ކަންކަމާއި ތަރައްޤީގެ މަސައްކަތްތަކާއި ކުޅިވަރު އަދި ދީނީ ހަރަކާތްތައް ހިންގުމުގެ ގޮތުން ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާތަކެވެ.

ޖަމްޢިއްޔާތަކުގެ ތަރައްޤީއަށް ސަރުކާރުން 2016 އަހަރު ވަނީ 2 މިލިއަން ރުފިޔާ ދީފައިވެއެވެ. އަދި މިއަހަރުވެސް ޖަމްޢިއްޔާތަކުގެ ތަރައްޤީއަށް ފައިސާ ދިނުމަށްވަނީ ހަމަޖެހިފައެވެ.

2016 ވަނަ އަހަރު 136 ޖަމްޢިއްޔާ ވަނީ މިމިނިސްޓްރީގައި ރަޖިސްޓްރީކޮށްފައެވެ.