ޑްރެސް ރިހާސަލަށް ފާސްދޫކުރަން މާދަމާ ފަށާނެ

މިއަހަރުގެ މިނިވަންދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ޑްރެސް ރިހާސަލް 2017 ޖުލައި 24 ވަނަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޑްރެސް ރިހާސަލް ބައްލަވާލެއްވުމަށް ގަލޮޅު ދަނޑަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކަށް ފާސްދޫކުރުން 2017 ޖުލައި 19، 20، 22، 23 މިދުވަސްތަކުގެ މެންދުރު 13:00 ން ފެށިގެން ހަވީރުގެ 18:30 ގެ ނިޔަލަށް ވެލާނާގޭ ތިރީގައި ކުރިއަށް ދާނެއެވެ.

ފަސްދޫކުރެވޭނީ އައިޑީކާޑް ގެންނެވުމުންނެވެ. ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ގެނެވޭނީ 3 އައިޑީކާޑެވެ. އަދި އައިޑީކާޑަކަށް ދޫކުރެވޭނީ 3 ފާހެވެ.