ހޯމްމިނިސްޓްރީން ނޭޝަނަލް ސެންޓަރ ފޯ ދިއާޓްސްއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި 2017 ޖުލައި 26 ވަނަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތުގައި މަރްޙަބާ ދެންނެވުމުގެ ގޮތުން އައިޓަމެއް ތައްޔާރުކުރުމަށްޓަކައި ނޭޝަނަލް ސެންޓަރ ފޯރ ދި އާޓްސްއާއެކު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އެމް.އޯ.ޔޫއެއް ސޮއިކޮށްފިއެވެ. މިސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ގަލޮޅު ރަސްމީދަނޑުގައި ބާއްވާ މިނިވަންދުވަހުގެ ޕެރޭޑާއި ކުޅިވަރުތަކުގައި މާލޭގެ 6 ސްކޫލަކުން ބައިވެރިވެއެވެ.