8 ވަނަ ސާކް ހޯމް މިނިސްޓަރސް ބައްދަލުވުން އިފްތިތާހްކޮށްފި

8 ވަނަ ސާކް ހޯމްމިނިސްޓަރސް ބައްދަލުވުން މިއަދު އިފްތިތާހްކޮށްފިއެވެ. މިބައްދަލުވުން އިފްތިތާޙްކޮށްދެއްވީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ. މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނާއިބު މުސާ ފަތުހީ އާދަމާއި މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އިބްރާހީމް ޙަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުކުރެއްވުން އިފްތިތާހްކޮށްދެއްވަމުން ސްރީލަންކާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި ސާކްގައުމުތަކަށް ދިމާވެފައިވާ ޓެރަރިޒަމްގެ މައްސަލަތަކާއި އަދި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ސަރަޙައްދީ ފެންވަރުގަޔާއި އަދި ގައުމީ ފެންވަރުގައި މަސައްކަތަކުރުމަށް ގޮވާލެއްވިއެވެ. މީގެއިތުރުން ސާކްގައުމުތަކުގެ މެދުގައި އޮތްގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް ބާރުއެޅުމަށް ގޮވާލެއްވިއެވެ.

ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސްރިސޭނާ މިބައްދަލުވުމަށް ސްރީލަންކާއަށް ވަޑައިގެންނެވި ސާކްގައުމުގެ އިސްބޭފުޅުންނާ އީއްޔެ ބައްދަލުކުރެއްވިއެވެ.