ސާކް ހޯމް މިނިސްޓަރސް އަދި ހޯމް ސެކްރެޓަރީސްގެ 8 ވަނަ ބައްދަލުވުން މިއަދު ފެށިއްޖެ

ސާކް އިންޓީރިއާ ހޯމް މިނިސްޓަރސް / ހޯމް ސެކްރެޓަރީސްގެ 8 ވަނަ ބައްދަލުވުން މިއަދު ފެށޭނެއެވެ. ދެދުވަހުގެ ނިޔަލަށް ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި ބާއްވާ މިބައްދަލުވުމުގައި މިނިސްޓްރީން ބައިވެރިވެ ވަޑައިގަންނަވާނީ މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނާއިބު މުސާ ފަތުހީ އާދަމާއި މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އިބްރާހީމް ޙަމީދުއެވެ.

މިބައްދަލުވުމުގައި ކަނޑު ފޭރުމުގެ މައްސަލަތައް ހައްލުކުރުމަށާއި ސައިބަރ ކުރައިމްގެ އިތުރުން ސާކުޤައުމުތަކުގެ ތެރޭގައި ސަލާމަތީގޮތުން ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން މަޝްވަރާކޮށް މިމައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާގުޅޭ ގޮތުންނެވެ. އަދި ސާކް ޤައުމުތަކުގެ މެދުގައި ސޮއި ކުރެވިފައިވާ ކޮންވެންޝަންތަކުގެ ދަށުން އެ ޤައުމްތަކުން މިހާތަނަށް ތަންފީޒް ކުރެވުނު ކަންތައްތަކާ ގުޅޭގޮތުންވެސް ސާކްގެ މެމްބަރު ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސާކް ހޯމް ސެކްރެޓަރީންގެ ބައްދަލުވުމަށްފަހު 13 ޖުލައި 2017 ވަނަ ދުވަހު ސާކް ހޯމް މިނިސްޓަރުންގެ ބައްދަލުވުން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ސާކް ހޯމް މިނިސްޓަރުންގެ ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރ މޫސާ ފަތުހީ އާދަމް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ބައްދަލަވުމުގައި މޫސާ ފަތުހީ އާދަމް ތަގްރީރު ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

ސާކް އިންޓީރިއާ ހޯމް މިނިސްޓަރސް / ހޯމް ސެކްރެޓަރީސްގެ 8 ވަނަ ބައްދަލުވުމަށްފަހު ބައިވެރިން އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 14 ޖުލައި 2017 ވަނަ ދުވަހުއެވެ.