އަތޮޅުތަކުގައި ހިންގާ މަޝްރޫޢުތައް މޮނިޓަރކުރުމުގެ ދަތުރުތައް ފަށައިފި

މިނިސްޓްރީގެ ޓީމެއް ހއ. އަދި ހދ. ގައި ހިންގާ މަޝްރޫޢުތައް މޮނިޓަރކުރުމުގެ ގޮތުން ދަތުރެއް ފަށައިފިއެވެ. މިމަހުގެ 9 ން 13 ގެ ނިޔަލަށް ކުރަމުން ގެންދާ މިދަތުރުގެ މަޤްސަދަކީ އަތޮޅުތަކުގައި ހިންގާ އަތޮޅުގެތަށް މަރާމާތުކުރުމުގެ މަޝްރޫޢުތަކާއި، ރަށްރަށުގައި ހިންގާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާ އަދި ޖަމާއަތުގެ ފައިދާއަށް ރައްޔިތުން އިސްނަގައިގެން ހިންގާ ކުދި މަޝްރޫޢުތައް މޮނިޓަރ ކުރުމެވެ.

މީގެ އިތުރުން އެއަތޮޅު ތަކުގައި ހުންނަ ޕޮލިސް ކަސްޓޯޑިއަލްތަކުގެ ކަންކަން ހިނގާގޮތް ބަލާލުމަށް އިނިސްޕެކްޓްރޭޓްގެ ޓީމެއްވެސް މި ދަތުރުގައި ބައިވެރިވިއެވެ.

މި ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހދ.ކުޅުދުއްފުށި، ހދ.ނޮޅިވަރަމް، ހދ.ހިރިމަރަދޫ، ހއ.ދިއްދޫ، ހއ.މުރައިދޫ، ހއ.ކެލާ، ހއ.ބާރަށް، ހއ.އިހަވަންދޫ އަދި ހއ.ތުރާކުނަށެވެ.