މިއަހަރުގެ މިނިވަން ދުވަހު ބާއްވާ ކުޅިވަރުތަކުގައި ބައިވެރިވާ ސްކޫލްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި 26 ޖުލައި 2017 ވާ ބުދަ ދުވަހުގެރޭ ގަލޮޅު ރަސްމީދަނޑުގައި ބާއްވާ މިނިވަންދުވަހުގެ ޕެރޭޑާއި ކުޅިވަރުތަކުގައި ބައިވެރިވާ ސްކޫލްތަކާއެކު މަޝްވަރާ ބައްދަލުވުމެއް މިއަދު މިމިނިސްޓްރީގައި ބާއްވައިފިއެވެ. ސްކޫލްތަކުގެ އިސްވެރިންނާއެކު ބޭއްވި މިބައްދަލުވުމުގައި 6 ސްކޫލަކުންވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ އަމީނިއްޔާ ސްކޫލް، ކަލާފާނު ސްކޫލް، އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، ތާޖުއްދީން ސްކޫލް، މާފަންނު މަދުރަސާ، ހިރިޔާ ސްކޫލެވެ.

މީގެ އިތުރުން މިނިވަންދުވަހުގެ ކުޅިވަރުތަކަށް ތައްޔާރުވުމުގެ ގޮތުން މިސުކޫލުތަކަށް ފައިސާގެ އެހީއެއް ދިނުމަށް ހަމަޖެހިފައިވާތީ މިކަމާބެހޭގޮތުން އެސުކޫލްތަކާއެކު އެމް.އޯ،ޔޫ އެއްގައި ސޮއިކުރުންވެސް މިއަދު ބޭއްވުނެވެ.