ހޯމް މިނިސްޓްރީގައި މާހެފުމެއް ބާއްވައިފި

1438 ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒްގައި މާހެފުމެއް ބާއްވައިފިއެވެ. މި މާހެފުމުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދާއި ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ

މި މާހެފުން ފައްޓަވައިދެއްވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީގެފަރާތުން އައްޝައިޚް އަޙްމަދު ފަހުމީ ދީދީ ރޯދަމަހާ ގުޅޭގޮތުން ވާހަފުޅުދެއްކެވިއެވެ. އަދި ބައެއް ބޭފުޅުންގެ ސުވާލުތަކަށް ޖަވާބުވެސްދެއްވިއެވެ.

ރަމަޟާން މަހަށް ތައްޔާރުވުމާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ބޭއްވި މި މާހެފުމުގައި ތަފާތު ކާބޯތަކެތި މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން ވަނީ ބައިވެރިކޮށްފައެވެ.