އިޖްތިމާޢީ ނުރައްކަލުގައިވާ ކުދިންނަށް މަސައްކަތްތެރިކަމާއި ހުނަރު އުގަންނާ ދިނުމުގެ ޕްރޮގްރާމާ ގުޅުންހުރި ދާއިރާތަކުގެ ބައްދަލުވުން އިފްތިތާޙް ކޮށްދެއްވައިފި

އިޖްތިމާއީ ނުރައްކަލުގައިވާ ކުދިންނަށް މަސައްކަތްތެރިކަމާއި ހުނަރު އުނގަންނައިދިނުމުގެ ޕްރޮގްރާމާ ގުޅުންހުރި ދާއިރާތަކުގެ ބައްދަލުވުން މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

މިއަދު 09:00 ގައި ފެށުނު މިބައްދަލުވުމުގެ ބޭނުމަކީ ކުށްކުރާ ކުދީންނާއި ، އެކި ސަބަބުތައް މެދުވެރިވެގެން ސްކޫލުން ވަކިވެފައިވާ ކުދީނާއި ކުޑަކުދީންގެ ހިޔާގައި ތިބޭ ކުދީނަށް މަސައްކަތްތެރިކަމާއި ހުނަރު އުނގަންނައި ދިނުމުގެ ޕްރޮގްރާމް އެކުލަވާލުމުގެ މަސައްކަތްތެރިކަމާއި ގުޅުންހުރި ދާއިރާތައް ގުޅިގެން ކުރިއަށް ގެންދާނެ ގޮތްތަކާބެހޭގޮތުން މަޢުލޫމާތާއި ތަޖުރިބާއާއި ޚިޔާލުތައް ހިއްސާކުރުމެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓުން ޔުނިސެފްގެ އެހީގައި ކުރިއަށް ގެންދިޔަ މިމަޝްވަރާބައްދަލުވުމުގައި 21 ދައިރާއިން ބައިވެރިވިއެވެ. މިބައްދަލުވުން އޮތީ ޝީ ބިލްޑިންގ ގެ 3 ވަނަ ފަންގިފިލާގެ އަސަރީ މާލަމުގައެވެ.