ޖަމްއިއްޔާތަކަށް ބައްދަލުވުމެއް ބާއްވައިފި

ޖަމްޢިއްޔާތަކުގެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތްކުރަމުން ގެންދާތީ، ޖަމްއިއްޔާތަކާއެކު ބައްދަލުވުމެއް ހޯމް މިނިސްޓްރީން ބާއްވައިފިއެވެ. މިބައްދަލުވުން އޮތީ ސޯޝަލް ސެންޓަރުގެ ސެމިނަރރޫމްގައެވެ.

ޖަމްޢިއްޔާތަކުގެ ޤާނޫނުގެ އެކުލަވާލުމުގެ މަސައްކަތްކުރަމުންގެންދަނީ ޔޫއެންޑީޕީގެ ކޮންސަލްޓެންޓެއްގެ އެހީތެރިކަމާއެކުގައެވެ.

މިބައްދަލުވުމުގައި މާލޭގައި ރަޖިސްޓްރީކުރެވިފައިވާ ޖަމްޢިއްޔާތަކާއި މާލޭގައި ތިބި އަތޮޅުތަކުގެ ޖަމްޢިއްޔާތަކުން ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓްރީގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވީ މިނިސްޓްރީގެ ލީގަލްސެކްޝަނާއި ޖަމްޢިއްޔާ ސެކްޝަނުންނެވެ.