ޔޫތު ލިޑާރސް ފޯރަމް އައްޑޫގައި ބާއްވައިފި

މިނިސްޓްރީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ އަމާންވެއްޓެއް ޤާއިމްކުރުމާއި ޒިންމާދާރު ރައްޔިތެއް ބިނާކުރުމުގެ މަސްއޫލިއްޔަތުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ޔޫޓުލީޑާސް ފޯރަމެއް ބާއްވައިފިއެވެ. މިފޯރަމް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރގެ ނާއިބު މުޙައްމަދު ޠަލާލްއެވެ.

މިފޯރަމްގައި، ޒުވާނުންގެ ވަށައިގެންވާ މަހައުލާއި، ލީޑަރޝިޕްއަކީ ކޮބައިކަމާއި އަދި ލާމަސީލު ޒުވާން ލީޑަރުންނާއި ބެހޭގޮތުން މަޢުލޫމާތުދެވުނެވެ.

މިފޯރަމްގައި މަޢުލޫމާތު ދެއްވީ މޯލްޑިވްސް ޕޮލިސް ސަރވިސް، އިސްލާމިކް މިނިސްޓްރީ އަދި މިމިނިސްޓްރީގެ ލީގަލް ސެކްޝަނުގެ ފަރާތުންނެވެ. މި ވޯކްޝޮޕްގައި އައްޑޫ ސިޓީގެ ހިތަދޫގައި ގާއިމް ކުރެވިފައިވާ ވިލާ ކޮލެޖް ކެމްޕަސް އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހުގެ އިތުރުން އައްޑޫ ސިޓީ ހައިސްކޫލުގެ ދަރިވަރުންގެ ތެރެއިން ޖުމުލަ 40 ބައިވެރީން ބައިވެރިވެއެވެ.

ޔޫތު ލީޑާސް ނެޓްވޯކަކީ ޒުވާނުންނަކީ ޒިންމާދާރު ބަޔަކަށް ހަދައި ޒުވާނުންނަށް މަދަނީ ގޮތުން ޙަރަކާތްތެރިވެގެން އުޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ބެލެނިވެރިކަމު ދަށުން އުފައްދަވާފައިވާ ނެޓްވޯކެކެވެ.