ދިވެހި ޤައުމީ ދީދަ ބޭނުންކުރުމާ ގުޅޭ އުސޫލު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފި

ދިވެހި ޤައުމީ ދީދަ ބޭނުންކުރުމާ ގުޅޭ އުސޫލު ދިވެހިސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢުކޮށްފިއެވެ.

ދިވެހި ޤައުމީ ދިދައަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރަމްޒެވެ. މި އުޞޫލުގެ މަޤްޞަދަކީ، ދިވެހި ޤައުމީ ދިދައިގެ ޝަރަފާއި ޢިއްޒަތް ހިފެހެއްޓޭފަދަ ގޮތެއްގައި ދިވެހި ދިދަ ބޭނުންކުރެވޭނެ ތަންތަނާއި ދިދަ ބަހައްޓަންވީގޮތް އަދި ބޭނުންކުރުމުގައި ގެންގުޅެންވީ ހަމަތަކާއި މިންތައް ބަޔާންކުރުމެވެ.

ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ޤައުމީ ދިދަ އެކުލެވިގެންވަނީ ފެހިކުލައިގެ ދިގު އަކައެއްގެ މެދުގައި ހުންނަ ހުދު ހަނދުފަޅިއަކާއި، މި ފެހި ދިގު އަކައިގެ ބޭރުން ހުންނަ ރަތްކުލައިގެ ބޯޑަރެއްގެ މައްޗަށެވެ.

މިއުސޫލަށް ޢަމަލުކުރަންފަށާނީ މިއަދުން ފެށިގެންނެވެ.