ހާކްގެ ފަރާތުން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކޮށްފި

ހޯމްއެފެއާޒު ރެކްރިއޭޝަން ކްލަބް (ހާކް) ގެ ފަރާތުން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ހޯމް މިނިސްޓްރީގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން މިއަދު ފާހަގަކޮށްފިއެވެ. އެގޮތުން މިދުވަހާއި ގުޅޭގޮތުން ކޭކެއްފެޅުމާއި އަދި އޮފީހުގެ ހުރިހާ އަންހެން މުވައްޒަފުންނަށް މަލެއް ހަދިޔާކުރުން އޮތެވެ.

މިޙަފްލާގައި ހޯމް މިނިސްޓްރީގެ ގިނަޢަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.