ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫޙް އުފައްދައި އާލާކުރުމުގެ މަޝްރޫޢު އިފްތިތާޙު ކޮށް ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ

ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫޙް އުފައްދައި އާލާކުރުމުގެ މަޝްރޫޢު އިފްތިތާޙް ކުރުން ޖުމްހޫރީ މައިދާނުގައި މާދަމާރޭ (01 މާރިޗް 2017) 09:00 ގައި އޮންނާނެއެވެ. މިއީ ރަޢީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ކުރިއަށް އޮތް ދެތިންމަހެއްގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވެފައިވާ މަޝްރޫޢުއެކެވެ.

މިރަސްމިއްޔާތު އިފްތިތާޙް ކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމެވެ. އެމަނިކުފާނު މިރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވުމަށްވެސްވަނީ ހަމަޖެހިފައެވެ.