ދ. އަތޮޅު ކައުންސިލް އިދާރާ ޢިމާރާތްކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި

ދ. އަތޮޅު ކައުންސިލް އިދާރާ ޢިމާރާތްކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި މިއަދު ބާއްވައިފިއެވެ.

މިނިސްޓްރީގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދު އެވެ. ބްރޯނީ ބްރަދާސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަލީ ރަޝީދު އިބްރާހީމެވެ.

250 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ މަޤްޞަދަކީ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އިދާރީގޮތުން ފޯރުކޮށްދޭ ތަފާތު ޚިދްމަތްތައް ފަސޭހަކަމާ އަދި އަވަސްކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިކުރުމެވެ.

މިހާރު ކައުންސިލް އިދާރާ ހިންގަމުންދަނީ ސަރުކާރުގެ ފަރާތުން އަތޮޅުތަކުގެ އަތޮޅު އޮފީސްތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ޢިމާރާތްކުރެވިފައިވާ އޮފީހުގައެވެ. މިއިމާރާތަށް މިހާރު 30 އަހަރަށްވުރެ ގިނަދުވަސްވެދާނެ ކަމަށް ބެލެވެއެވެ. ދ. އަތޮޅު ކައުންސިލް އިދާރާ ހުންނަނީ ކުޑަހުވަދޫގައެވެ.