މީޑިއާ ކައުންސިލްގެ ހުސްވެފައިވާ މީޑިއާގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ މީޑިއާގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ހުޅުވާލައިފިއެވެ.

މިނިސްޓްރީން ނެރެފައިވާ އިޢުލާންގައިވާގޮތުން މިމަގާމަށް ކުރިމަތިލުމަށް އެދޭ މީޑިއާތަކުން 9 ޖަނަވަރީ 2017 ވާ ހޯމަދުވަހު 13:30 ގެ ކުރިން ފޮޓޯއާއި ވަނަވަރު، އައިޑެންޓިޓީ ކާޑުގެ ކޮޕީއާއި، ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔުންތަކުގެ ކޮޕީއާއި ކުށުގެރެކޯޑްގެ ކޮޕީއަކާއެކު މިނިސްޓްރީ އޮފް ހޯމްއެފެއާޒް އަށް ސިޓީއަކުން ހުށަހެޅުއްވުންޖެހެއެވެ. އަދި މިމަގާމަށް ކުރިމަތިލެވޭނީ މިހާރު ހޮވިފައިވާ މީޑިއާކައުންސިލްގައި ތަމްސީލުނުކުރާ މީޑިއާތަކަށެވެ.