މީޑިއާ ކައުންސިލްއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު މިއަދު އޮންނާނެ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މިދައުރުގެ 13 މެންބަރުންގެ މުއްދަތު ހަމަވެފައިވާތީ މިކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުން މިއަދު މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އޮންނާނެއެވެ.

މިއަދު 16:15 ން 17:15 ށް ބާއްވާ ވޯޓުލުމުގައި 86 ފަރާތުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވެއެވެ. މިއިންތިޚާބުގައި ހޮވާނީ މީޑިއާގެ ދާއިރާއިން 7 ފަރާތާއި އާންމުންގެ 6 ފަރާތެކެވެ. މިއިންތިޚާބުގައި 29 ކެންޑިޑޭޓުން ވާދަކުރެއެވެ.