މީޑިއާ ކައުންސިލްގެ އިންތިޚާބު ޑިސެމްބަރ ދެ ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖެހިއްޖެ

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އިންތިޚާބުކުރެވިފައިވާ މީޑިއާ ކައުންސިލްގެ ދައުރު ހަމަވާތީ، މިކައުންސިލަށް އަލުން މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުން 2016 ޑިސެމްބަރު 02 ވަނަ ދުވަހު ހަވީރު 16:15 ން 17:15 ސޯޝަލް ސެންޓަރުގެ ސެމިނަރ ރޫމުގައި ގައި އޮންނާނެއެވެ.

މިއިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްކުރުން މިމަހުގެ 27 ން 29 ގެ ނިޔަލަށް ކޮންމެ ދުވަހަކު 9:00 ން 12:00 މިމިނިސްޓްރީގައި އޮންނާނެއެވެ. އަދި ކެނޑިޑޭޓުންގެ ލިސްޓްވެސް މިއަދު ވަނީ އާންމުކޮށްފައެވެ. މިގޮތުން އާންމުންގެ 12 ފަރާތަކާއި މީޑިއާގެ 17 ފަރާތަކުން މިއިންތިޚާބުގައި ވާދަކުރާނެއެވެ.