ހޯމް މިނިސްޓަރ ވިލިގިނލި ކައުންސިލާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢަޒްލީން އަޙުމަދު ހުވަދުއަތޮޅު އުތުރުބުރި ވިލިގިނލި ކައުންސިލްގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުމުގައި ވާހަކަ ދެކެވިފައިވަނީ ރަސްމީކޮށް ޤައުމީ ދުވަސް ފާހަގަކުރާ ރަށެއްގެ ގޮތުގައި ގއ.ވިލިގިލި ހަމަޖެހިފައިވުމާއެކު އެދުވަހުގެ ތައްޔާރީތަކާ ގުޅޭގޮތުންނާއި، މިމުނާސަބަތު ފާހަގަކުރުމަށް ތަފާތު އެކިއެކި ހަރާކާތްތައް ރަށުގެ ތެރޭގައި އިންތިޒާމް ކުރުމާ ގުޅޭ ގޮތުންނެވެ. އަދި މިނިސްޓްރީގެ ފަރާތުން ޖަލްސާގެ އިތުރަށް، އެކިއެކި ހަރަކާތްތައް އިންތިޒާމްކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންފައިވެއެވެ.

މިބައްދަލުވުމުގައި ވިލިގިލި ދާއިރާގެ މެމްބަރ ސަޢުދު ޙުސައިންއާއި ކައުންސިލުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.