މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އިންތިޚާބު ބާއްވައިފި

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ހިންގާ ކޮމީޓީގެ އިންތިޚާބު ބާއްވައިފިއެވެ. މިއިންތިޚާބަކީ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ޖަމުޢިއްޔާތަކުގެ ރަޖިސްޓްރާ އެކުލާވާލައްވާފައިވާ ވަގުތީ ކޮމިޓީން ބޭއްވި އިންތިޚާބެކެވެ.

ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމުގައި މިރޭ ބޭއްވި މިއިންތިޚާބުގައި ހިންގާކޮމިޓީގެ މާޤާމުތަކަށް ވަނީ ބޭފުޅުން އިންތިޚާބުކޮށްފަވެއެވެ. މިގޮތުން ރައީސްކަމަށް ހޮވިފައިވަނީ ޢަބުދުﷲ ސިނާން، ނާއިބު ރައީސްކަމަށް ޙަސަން އިސްމާޢީލް، ޓްރެޜަރ އަޙްމަދު އާދަމް އަދި މީގެ އިތުރުން ހިންގާ ކޮމިޓީގެ މެންބަރުން ވެސް ވަނީ ހޮވާފައެވެ.