އިންޓަރ-ޕާލެމެންޓްރީ ޔޫނިއަންގެ ހިއުމަން ރައިޓްސް ކޮމިޓީގެ ބޭފުޅުން މިނިސްޓަރ އޮފް ހޯމްއެފެއާޒާއި ބައްދަލުކުރައްވައިފި

އިންޓަރ-ޕާލެމެންޓްރީ ޔޫނިއަންގެ ހިއުމަން ރައިޓްސް ކޮމިޓީގެ ބޭފުޅުން މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދުއާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުމަކީ އައި.ޕީ.ޔޫ ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އިންސާނީ ޙައްޤުތަކާއި ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކަކާއި ގުޅިންގެން ބޭއްވި ބައްދަލުވުމެކެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި މިއަދު ބޭއްވުނު މިބައްދަލުވުމުގައި އައި.ޕީ.ޔޫ ގެ ހިއުމަން ރައިޓްސް ކޮމިޓީގެ ފަރާތުން ޕްރެޒިޑެންޓް މިސްޓަރ އޭ.ބީ.އެމް ފަޒީލް ކާރިމް ޗައުދަރީ އަދި އެކޮމިޓީގެ މެމްބަރު މިސް ފައުޒިއާ ކޫފީ ބައިވެރިވެ ވަޑައިގެންނެވިއެވެ.