ޒިންމާދާރު ރައްޔިތުން ބިނާ ކުރުމުގެ ވޯކްޝޮޕެއް މ. މުލީގައި ބާއްވައިފި

ޒިންމާދާރު ރައްޔިތުން ބިނާ ކުރުމުގެ ވޯކްޝޮޕެއް މ. މުލީގައި ބާއްވައިފިއެވެ. މި އޮކްޓޯބަރ 5 ން 6 އަށް ބޭއްވުނު މިވޯކްޝޮޕް ހުޅުއްވާދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދު އެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ފަރާތުން ބޭއްވި މިވޯކްޝޮޕްގައި މިނިސްޓްރީ އޮފް ފެމެލީ އެންޑް ޖެންޑަރ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، މިނިސްޓްރީ އޮފް ހެލްތް، މޯލްޑިވްސް ޕޮލިސް ސަރވިސް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، ނެޝަނަލް ޑްރަގް އެޖެންސީ، އަދި މިމިނިސްޓްރީގެ ލީގަލް ސެކްޝަނާއި އެން.ޖީ.އޯ ސެކްޝަން އަދި ސިވިކް އެޑިޔުކޭޝަން އެންޑް ކޮމިއުނިޓީ ޕާޓްނާޝިޕް ސެކްޝަނުން ވޯކްޝޮޕްގެ ބައިވެރިންނަށް މަޢުލޫމާތު ދެވުނެވެ. މީގެ އިތުރުން ކުޑަކުދީންނަށް ޤާނޫނީ ގޮތުންދެވޭ އަދަބުތަކާއި ގުޅޭގޮތުން ޖުވެނައިލް ކޯޓުގެ ރަޖިސްޓްރާރ ޒަޢީމާ ސެޝަނެއް ނަންގަވައި ދެއްވިއެވެ. މި ވޯކްޝޮޕްގައި މ. އަތޮޅުން 42 ބައިވެރިން ބައިވެރިވިއެވެ.