ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ އިންތިޚާބު ބާއްވައިފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމީޓީގެ އިންތިޚާބު ބާއްވައިފިއެވެ. މިއިންތިޚާބަކީ މިއަހަރުގެ މާރިޗް މަހުގެ 17 ވަނަ ދުވަހު ބޭއްވި އިންތިޚާބު، އެސޯސިއޭޝަންގެ ގަވާއިދާ ޚިލާފަށް ކުރިއަށް ގެންގޮސްފައިވާތީ، އެއިންތިޚާބު ބާޠިލުކުރެއްވުމަށްފަހު އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ޖަމުޢިއްޔާތަކުގެ ރަޖިސްޓްރާ އެކުލާވާލައްވާފައިވާ ވަގުތީ ކޮމިޓީން ބޭއްވި އިންތިޚާބެކެވެ.

ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމުގައި މިރޭ ބޭއްވި މިއިންތިޚާބުގައި ހިންގާކޮމިޓީގެ މާޤާމުތަކަށް ވަނީ ބޭފުޅުން ހޮވިފައެވެ. ރައީސް މުޙައްމަދު ލަޠީފް / ބުލޫވިލާ ސ. ހިތަދޫ ،ނާއިބު ރައީސް ޢިއްޒަތު ވަޙީދު / މޯނިންގްލޯރީ ، ގދ. ފަރެސްމާތޮޑާ، ޚާޒާންދާރު މުޙައްމަދު ރަނޭޝް / ހ.ޔޫފީލިޔާ ، ރޫލްސް ކޮމިޝަންގެ މެމްބަރުން ޢަލީ އިޔާޒް / ގ. ހާފްސީ ،އިބްރާހިމް ފަލާޙް އަބޫބަކުރު / ޝޭޑީކޯނަރ ބ. ގޮއިދޫ ،އަދުނާނު ޢަބުދުއްރަޙީމް / ގްލިސްތާނުގެ، ނ. ވެލިދޫ ،ޓެކްނިކަލް އެންޑް ޑިވެލޮޕް މަންޓް ކޮމިޝަންގެ މެމްބަރުން ޙަސަން އަޤްލީން / ގ. ދިލްފިޒާގެ ، ޞަފްވާން އަޙްމަދު / ސީރިޔަޒުގެ ޅ. ނައިފަރު ، މުޙައްމަދު ނަދީމް / ހ. އާދުނި، ބީޗްވޮލީ ކޮމިޝަން ޚާލިދު މުޙައްމަދު / ރޯޝަންވިލާ، އއ. ބޮޑުފުޅަދޫ ، އިސްމާޢީލް ޝަރީފް / މ. ދިލްދިޔާ ، މަޢުމޫރު މުޙައްމަދު / ހ. ކުޑަހެންވޭރުގެ ، އިސްމާޢީލް ޢަބުދުﷲ / ހ. މޮސްކޯގެ އެވެ.