ޖެންޑަރ އީކުއަލިޓީގެ ޤާނޫނާ ގުޅޭގޮތުން ހޯމްމިނިސްޓްރީގެ މުވައްޒަފުންނަށް މަޢުލޫމާތު ދެއްވައިފި

ޖެންޑަރ އީކުއަލިޓީގެ ޤާނުނު (18/2016) އާގުޅޭގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއީ މިޤާނޫނަށް ސަރުކާރު މުވައްޒަފުން އަހުލުވެރި ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތުން ރާއްވަވައިގެން ކުރިއަށް ގެންދެވި ބައްދަލުވުމެކެވެ.

ހޯމްމިނިސްޓްރީގައި މިއަދުއޮތް ބައްދަލުވުމުގައި ޤާނޫނާއި ގުޅޭގޮތުން މުވައްޒަފުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވުން ވެސް އޮތެވެ.