ޖުވެނައިލް ކޯޓުގެ އިސްޤާޟީއާއި މިނިސްޓަރ އޮފް ހޯމްއެފެއާޒް ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢަޒްލީން އަޙުމަދު ޖުވެނައިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް އަޙްމަދު ޝަރީފުއާއި ބައްދަލުކުރައްވައިފިއެވެ.

ހޯމްމިނިސްޓްރީގައި މިއަދުއޮތް މިބައްދަލުވުމުގައި ދިވެހި މުޖްތަމަޢުގެ އަމަންއަމާންކަން ކަށަވަރުކުރުމަށްޓަކައި މިނިސްޓްރީއާއި ޖުވެނައިލް ކޯޓު ގުޅިގެން ކުރެވިދާނެ ބައެއް ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެކެވުނެވެ. މިގޮތުން، ބޮޑެތި ކުށްކުރާ މުޖްރިމުންގެ ގޮތުގައި ފާހަގަކުރެވޭ 18 އަހަރުން ދަށުގެ ކުދިންނަށް ލިބިދެވޭ ޚާއްސަ ހައްޤުތަކެއްގެ ސަބަބުން، އެކުދިން މުޖްތަމައަށް ދޫވެ އެކަމުގެ ނޭދެވޭ އަސަރު ކުރާތީ އެކަމާ މިނިސްޓަރ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މިބައްދަލުވުމުގައި ޖުވެނައިލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ޝަރީފް، ޤާޟީ ސަޢީދު އިބްރާހިމް، ރަޖިސްޓްރާ ޒަޢީމާ ނަޝީދު އަބޫބަކުރު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ފަރާތުން އިނިސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް މުޙައްމަދު އިބްރާހިމް ދީދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.