ރީޖަނަލް އެމްބެސެޑަރ، ހޯމް މިނިސްޓަރ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޔޫ.އެން.ޑީ.ޕީން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ރީޖަނަލް އެމްބެސެޑަރ މިސްއިޒް ޝޯކޯ ނޯޑާ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙުމަދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ހޯމްމިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި، ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ތަފާތު ދާއިރާތަކާބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.