ބަނގްލަދޭޝް ސަފީރު ހޯމް މިނިސްޓަރ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ބަނގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއަރ އެޑްމިރަލް ކާޒީ ސަރުވާރު ޙުސެއިން މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙުމަދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ހޯމްމިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި، ރާއްޖޭގައި ދިރިއުޅޭ ބަނގްލަދޭޝް ރައްޔިތުންނާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.