ޔޫތް ލީޑަރސް ނެޓްވޯކްގެ 2 ވަނަ ދައުރަށް މެމްބަރުން އައްޔަން ކުރައްވައިފި

ޔޫތް ލީޑަރސް ނެޓް ވޯކުގެ 2 ވަނަދައުރަށް މެމްބަރުން އައްޔަން ކުރައްވައި އެމެމްބަރުންނަށް މިއަދު ސެޓްފިކެޓް ދެއްވައިފިއެވެ. މިކަންއޮތީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ. އައްޔަންކުރެވުނު 15 މެމްބަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙުމަދުއެވެ.

މިނެޓްވޯކަކީ ޒުވާނުން ޒިންމާދާރު ބަޔަކަށް ހަދައި ޒުވާނުންނަށް މަދަނީ ގޮތުން ޙަރަކާތްތެރިވެ އުޅުމަށް މަގުފަހިކޮށްދީ ޤައުމީ ރޫޙް ދިރުވައި އާލާކުރުމަށް، ދިވެހިރާއްޖޭގެ ޔުނިވަރސިޓީ އަދި ކޮލެޖްތަކުން ދަރިވަރުން އެކުލެވޭގޮތަށް، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އުފައްދާފައިވާ ނެޓްވޯކެކެވެ.