ހޯމްމިނިސްޓަރ މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނާއި ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢަޒްލީން އަޙުމަދު މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނާއި މިމިނިސްޓްރީގައި ބައްދަލުކުރައްވައިފިއެވެ.

މިއަދު ބޭއްވުނު މިބައްދަލުކުރެއްވުމުގައި ހުރިހާ މުވައްޒަފުންވެސް ދުވަހުން ދުވަހަށް މަސައްކަތް ނިންމެވުމަށާއި ވެރިންވެސް އެވެރިއެއްގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށްވެސް އިޙްތިރާމާއެކު ގުޅުންބާއްވައިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި ހުރިހާ މުވައްޒަފުންވެސް މިމިނިސްޓްރީގެ މެންޑޭޓްގައިވާ ކަންތައްތައް ހާޞިލުކުރުމަށް އިތުރު ހިތްވަރާއެކު މަސައްކަތް ކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ.