ކުޅުދުއްފުށި ލޯކަލް މާރުކޭޓް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި

ހދ. ކުޅުދުއްފުށި ލޯކަލް މާރުކޭޓް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ ކޮންޓްރެކްޓްގައި މިއަދު މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި އެސް ޖޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ. ހޯމްމިނިސްޓްރީގައި ބޭއްވި މިރަސްމިއްޔާތުގައި މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް ޔޫސުފް ޢަބްދުލްޣަފޫރުއެވެ. އެސް ޖޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙަންމަދު ޝާހިދެވެ.

މިކޮންޓްރެކްޓްގެ ދަށުން 1 އަހަރުދުވަހުގެ ތެރޭގައި ލޯކަލްމާރުކޭޓްގެ މަސައްކަތް ނިންމާ މިނިސްޓްރީއާއި ހަވާލުކުރަންޖެއެވެ. މިމަސައްކަތް ހިނގަމުންދާގޮތް މިނިސްޓްރީއާއި ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ފަރާތުން ބަލަމުން ގެންދާނެއެވެ.