ހަތް ވަނަ ސާރކް އިންޓީރިއާ ހޯމް މިނިސްޓަރުންގެ އަދި ސެކްރެޓޭރިއަޓުންގެ ބައްދަލުވުން ފަށައިފި

ހަތް ވަނަ ސާރކް އިންޓީރިއާ ހޯމް މިނިސްޓަރުން އަދި ސެކްރެޓޭރިއަޓުންގެ ބައްދަލުވުން މިއަދު، ސެރީނާ ހޮޓެލް ޕާކިސްތާނުގެ އިސްލާމް އާބާދުގައި ފަށައިގެން ކުރިއަށް އެބަދެއެވެ. މި ބައްދަލުވުންތައް ކުރިއަށް ދާނީ މިއަދާއި މާދަމައެވެ.

މިއަދު ހެނދުނު ބޭއްވުނު ހޯމް ސެކްރެޓަރީސް ގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ސާރކް ގައުމުތަކުގެ މެދުގައި ސޮއި ކުރެވިފައި ހުރި ކޮންވެންޝަންތަކުގެ ދަށުން އެގައުމުތަކުން މިހާތަނަށް ތަންފީޒު ކުރެވުނު ކަންތައްތަކާއި މެދުގައެވެ. މި ބައްދަލުވުމުގައި މި މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ޕަރމަނަންޓް ސެކްރެޓަރީ އިބްރާހީމް ޙަމީދާއި އެސިސްޓަންޓް ޑިރެކްޓަރ ޢާއިޝަތު ޒާހިރު އަދި ލީގަލް އޮފިސަރ ފާޠިމަތު ޝިނާޒާއެވެ.

މާދަމާ އޮންނަ، ހޯމް މިނިސްޓަރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ ވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު ސިއްދީޤު އަދި ޕަރމަނަންޓް ސެކްރެޓަރީ އިބްރާހީމް ޙަމީދެވެ.