މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިދަނެގުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެ

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މާލެއާއި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިދަނެގުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ. މާލޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހުރިއްޔާ ޤައުމާ މުޚާޠަބުކޮށް ވާހަކަފުޅުދައްކަވާނެއެވެ. މީގެއިތުރުން ދުވަހާއި ގުޅޭގޮތުން ޚާއްޞަދުއާއެއް ކުރުން އޮންނާނެއެވެ. އިސްވެ ދުޢާކޮށްދެއްވާނީ އައްޝައިޚު އިބްރާހީމް އަޙްމަދެވެ.

މާލޭގައި ދިދަ ނެގުން އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ.