މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ޢާންމުންގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ޢާންމުންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ހުޅުވާލައިފިއެވެ.

މީޑިއާ ކައުންސިލު އެކުލެވިގެންވަނީ މީޑިއާގެ 8 މެންބަރުންނާއި އާންމުންގެ 7 މެންބަރުންގެ މައްޗަށެވެ. ޢާންމު މެންބަރުންގެ ގޮތުގައި ބަލަނީ މީޑިއާގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ.

އާންމު މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ގާނޫނީ ދާއިރާ އާއި ދިވެހި ބަހުގެ ދާއިރާ އާއި އިންސާނީ ހައްގުތަކުގެ ދާއިރާ އާއި ދީނީ އިލްމުގެ ދާއިރާއިން އަދި އިޖުތިމާއީ ސައިންސަސްގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދިނުމަށެވެ.

މިމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ 2016 އޯގަސްޓް 4 ވާ ބުރާސްފަތި 14:00 އަށެވެ.