ހައުސިން މިނިސްޓަރ މޯލްޑިވްސް ސްޓްރީޓް އާރޓް ފެސްޓިވަލް ގެ ފޮޓޯ އެގްޒިބިޝަން އިފްތިތާހު ކޮށްދެއްވައިފި

މިރޭ ނޭޝަނަލް އާރޓް ގެލެރީގައި ފެށިގެންދާ މޯލްޑިވްސް ސްޓްރީޓް އާރޓް ފެސްޓިވަލް ގެ އާރޓް ގެލެރީ، މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރ މުޙައްމަދު މުޢިއްޒު އިފްތިތާޙު ކޮށްދެއްވައިފިއެވެ.

މިނިސްޓަރ މުއިއްޒުގެ ވާހަކަފުޅުގައި ކުރެހުމުން، ވާހަކައިންނާއި ފިލްމް ތަކުން ދައްކުވައި ނުދެވޭކަންކަން ދެއްކިދާނެ ކަމާއި، މިފަދަ މަސައްކަތް ކުރުމަށް ބޭނުންވަނީ ހުޅުވިފައިވާސިކުނޑި ތަކެއްގެ ވެރިން ކަމާއި، މިގައުމުގެ ޒުވާނުންނަކީ ހުޅުވިފައިވާ ސިކުނޑިތަކެއްގެ ބައެއްކަމުގައި ލެއްވުމަށް އެދި ދުޢާދެންނެވިއެވެ.

އަދި އޭގެ އިތުރުން ހޯމް މިނިސްޓަރ އަޙުމަދު ޒުހޫރުގެ ވާހަކަފުޅުގައި ޓުއަރިޒަމް ކުރިއަރާފައިވާ ގައުމެއްގައި މިފަދަ އާރޓް ބޭނުންކޮށްގެން ރަނގަޅު މުސްތަޤުބަލެއް ލިބިދާނެކަމާއި، ސަރުކާރުން މިފަދަ އާރޓް ކުރިއެރުވުމަށް އެއްބާރު ދެއްވާނެކަމަށް ވިދާޅުވިއެވެ.

މޯލްޑިވްސް ސްޓްރީޓް އާރޓް ފެސްޓިވަލް އަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްއާއި ފާރއަވޭ ހޮލިޑޭސް ޕވޓ ލޓޑ ގުޅިގެން މިއަހަރު މިނިވަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވޭ އެންމެ ފުރަތަމަ ހަރަކާތެވެ. މިއީ މިފަދަ ހަރަކާތެއް ސަރުކާރުން އިސްނަގައިގެން ބޭއްވޭ ފުރަތަމަ ފަހަރެވެ.

މިހަރަކާތް ފެށިފައިވަނީ މި ޖުލައި މަހު 7 ވަނަދުވަހު ޖުމުހޫރީ މައިދާނުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތަކުންނެވެ.

މިހަރަކާތުގެ ފޮޓޯ މައުރަޒު 22 ޖުލައި އާއި ހަމައަށް ނޭޝަނަލް އާރޓް ގެލެރީގައި އޮންނާނެއެވެ.